Pages

Thursday, May 16, 2013

A Good Advice..


އެދޭނަމަ ލޯބި ވާންވީވެސް ހިތަށް ކުޅަދާނަ މިންވަރަކުން،
އަދާވާތްތެރި ވިޔަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކުން،
އެދޭނަމަ ލޯބި ވާންވީވެސް ހިތަށް ކުޅަދާނަ މިންވަރަކުން،
މުދާމަދު ދެރަ ފަގީރުންވެސް ވެޔޭ ފައިސާވެރިން ނަށްވެސް،
ވެދާނޭ އެންމެ ގާތްމީހުން ނުރައްކާ ދުޝްމިނުން ނަށްވެސް،
އަދާވާތް ތެރިވެ ރަހުމަތްތެރިވެ އުޅެޔޭ ނަހަމަ ހިތްވަރަކުން،
އެދޭނަމަ ލޯބި ވާންވީވެސް ހިތަށް ކުޅަދާނަ މިންވަރަކުން،
ނިޝާނުންވެސް އެގޭނެ ނިގާޤު ބަލިހުރިނަމަ ވަމުންދާގޮތް
ހުޝާމަދަކީ ހަޤީގީ ލޯތްބަކަށް ނުފުދޭނެ ޝައްކެއް ނެތް،
ހިސާއަތުގައި މިހާރު އަޖާއިބުވެ މީހުން އުޅޭގޮތަކުން،
އެދޭނަމަ ލޯބި ވާންވީވެސް ހިތަށް ކުޅަދާނަ މިންވަރަކުން،
ރަނގަޅު ގެރިބަކަރިވެސް ދަނެޔޭ އެޔަށް ކާންދީ އުޅޭމީހުން،
ރަނގަޅު ހެޔޮ ކޮންމެކަމަކަށް އޭގެ ހެޔޮ ބަދަލެއް އޮތުން ވާޖިބް،
ރަނގަޅުމާތް މުސްލިމުންނޭ އިސްނަގަންވީ ޚުލްޤު ހެޔޮ ހިތަކުން،
އެދޭނަމަ ލޯބި ވާންވީވެސް ހިތަށް ކުޅަދާނަ މިންވަރަކުން،
ވިދާހާ އެއްޗަކީ ޚާލިސް ރަނޭ ކެރިގެން ބުނާނީ ކާކު،
ނިދާން ފިނިފެންމަލުގެ ތަންމައްޗަކަށް މިދުނިޔެ އެދޭނީ ކާކު،
ހަނދާންކޮށްލަން ޖެހޭ ދުނިޔޭގެ ދަތިކަން ކޮންމެ މަންޒަރަކުން،
އެދޭނަމަ ލޯބި ވާންވީވެސް ހިތަށް ކުޅަދާނަ މިންވަރަކުން،
ނިދާފާ މިތިބެނީ މަރުވީމަޔޭ ކިރިޔާ އެހޭލެވުނީ،
ހަދާނެގޮތެއް ކުރާނެ ކަމެއް ނެތީމާ ކައްވަޅަށްދާނީ،
ނިދާނެ އެދެއް ވިދާ ހެދުމެއް ނުގެންދެވެޔޭ އެދާ ތަނަކުން،
އެދޭނަމަ ލޯބި ވާންވީވެސް ހިތަށް ކުޅަދާނަ މިންވަރަކުން،
ހަލާކުވެދާނެ މިރިނުވެ ގޮބޮޅި ކާށި ވެގެން އުޅެންވީމާ،
މަލާމާތެއް ވަރަށް ނުލިބޭނެ އިޚްލާސްތެރިއަކަށް ވީމާ،
ސަލާމާތްވާން އޮތީ ހަމަ ރީތި އަޚުލާގެއްގެ ނިސްބަތަކުން،
އެދޭނަމަ ލޯބި ވާންވީވެސް ހިތަށް ކުޅަދާނަ މިންވަރަކުން،
އަދާވާތްތެރި ވިޔަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކުން،
އެދޭނަމަ ލޯބި ވާންވީވެސް ހިތަށް ކުޅަދާނަ މިންވަރަކުން،

1 comments:

Yaanu said...

ވިސްނާ މީހަކަށް ލައްކަ ޢިބުރަތް ލިބޭނޭ ނަސޭޙަތެއް..

Post a Comment